Last Updated: April 20, 08:59
Saturday, April 20, 2024
ޚަބަރު

ރިސޯޓެއްގެ ގޮނޑުދޮށުން ކިނބުލެއް ފެނިއްޖެ

ޖުމެއިރާ ވިޓަވެލި ރިސޯޓުގެ ގޮނޑުދޮށުން ހަތަރު ފޫޓުގެ ކިނބުލެއް މިއަދު ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މި ކިނބޫ ފެނިގެން އެމްއެންޑީއެފް ކޯސްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް (އެމްއާރްސީސީ) ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 10:32 ހާއިރު ކަމަށެވެ.

މި ކިނބޫ ފެނިފައިވަނީ އެ ރިސޯޓުގެ ގޮނޑުދޮށުގައި އޮއްވައި އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

"މި ކިނބުލާއި 15 ފޫޓަށް ކައިރިވިތަނުން ކިނބޫ މޫދަށް ފައިބައިގެން ދިޔައީ ކަމަށް އެ ރިސޯޓުގެ ސްޓާފް މައުލޫމާތު ދީފައިވޭ" އެމްއެންޑީއެފުން ބުނެއެވެ.

ރިސޯޓެއްގެ ގޮނޑުދޮށުން ކިނބުލެއް ފެނިފައިވާއިރު، މިދިޔަ މަހުގެ ފަހުކޮޅު މަރުވެފައި އޮތް ކިނބުލެއް ހދ.ވައިކަރަދޫއިން ވަނީ ފެނިފައެވެ.