Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ވިލަމަންދޫ ރިސޯޓުގެ މުވައްޒަފަކު އެކަހެރިކޮށް ރަށަށް އަރާ ފޭބުން މަނާކޮށްފި

ކޮވިޑު19 ގެ އަލާމާތްތައް ފެނިފައިވާ އދ. ވިލަމަންދޫ ރިސޯޓުގެ މުވައްޒަފަކު އެކަހެރި ކުރުމަށްފަހު އެ ރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރި ޓްވީޓެއްގައި ބުނީ އދ. ވިލަމަންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސެއްގެ ގައިން ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި މޮނިޓާ ކުރުމަށާއި "ކޮންޓެކްޓް ޓްރޭސިން" ހެދުމަށް އެރަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައި ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. 

ރާއްޖެއިން މިހާތަނަށް މި ބައްޔަށް ހަ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން ކުރެއްދޫ އައިލެންޑު ރިސޯޓުން ހަތަރު މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ބަތަލާ ރިސޯޓުން ވެސް ބައްޔަށް ވަނީ ދެ ފަތުރުވެރިޔަކު ޕޮޒިޓިވް ވެފައެވެ.