Last Updated: April 25, 17:42
Thursday, April 25, 2024
ކުޅިވަރު

ކޮވިޑް-19: ސްޕެނިޝް ލީގު މެދުކަނޑާލައިފި

ކޮރޯނާވައިރަހާ ގުޅިގެން ސްޕެނިޝް ލީގުގެ މެޗުތައް މެދުކަނޑާލައިފިއެވެ.

ސްޕެނިޝް ލީގުން ބުނިގޮތުގައި މެދުތައް މެދުކަނޑާލީ ދެ ހަފްތާގެ މުއްދަތަކަށެވެ. ސްޕެނިޝް ލީގުގެ އިތުރުން އެގައުމުގެ އެހެން ލީގު ޑިވިޝަންތައް ވެސް ވަނީ މެދުކަނޑާލާފައެވެ.

ކޮރޯނާވައިރަހާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓުތައް އަންނަނީ މެދުކަނޑާލަމުންނެވެ. އެގޮތުން އިޓާލިއަން ލީގުގެ ކުޅުން ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް މެދުކަނޑާލަން ނިންމާފައެވެ.

އަދި ބައެއް މުބާރާތްތަކުގެ މެޗުތައް މިހާރު ކުޅެމުން އަންނަނީ ސަޕޯޓަރުން ނުވައްދައެވެ. އެގޮތުން ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީ އާއި ބްރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުވެސް ކުޅެފައިވަނީ ސަޕޯޓަރުންނާ ނުލައެވެ.

ސްޕެނިޝް ލީގުގެ ކުޅުން މެދުކަނޑާލިއިރު 58 ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ ބާސެލޯނާއެވެ. 56 ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.