Last Updated: April 27, 09:13
Saturday, April 27, 2024
ކުޅިވަރު

ސިޓީ-ރެއާލް، ޔުވެންޓަސް-ލިޔޯން މެޗު ފަސްކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި އަންނަ ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އާއި ލިޔޯން ބައްދަލުކުރަން ހަމަޖެހިފައިވާ މެޗު ފަސްކުރަން ޔޫއެފާ އިން ނިންމައިފިއެވެ.

ރެއާލް އާއި ސިޓީގެ މެޗު ފަސްކޮށްފައިމިވަނީ ރެއާލްގެ ބާސްކެޓު ޓީމުގެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ރެއާލްގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން 15 ދުވަހުގެ މުއްދަތަށް ސެލްފް އައިސޮލޭޝަނަށް ގޮސްފައިވާތީއެވެ.

އަދި ޔުވެންޓަސް އާއި ލިޔޯންގެ މެޗު ފަސްކުރުމަށް ނިންމާފައިމިވަނީ، ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެޓީމުގެ ކުޅުންތެރިން ވެސް ސެލްފް އައިސޮލޭޝަނަށް ގޮސްފައިވާތީއެވެ.

މި ދެ މެޗު ދެން ކުޅޭނެ ތާރީހެއް ޔޫއެފާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޔޫއެފާ އިން ދެ މެޗު ފަސްކޮށްފައިވާއިރު ޔޫރަޕްގެ ބޮޑެތި ބައެއް ލީގުތަކުގެ ކުޅުން ވެސް މިހާރު ވަނީ މެދުކަނޑާލާފައެވެ.