Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

ކުޅިވަރު ކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފި

އަހުމަދު މަހުލޫފް - ފޮޓޯ: ޔޫތް މިނިސްޓްރީ

ކޮވިޑް-19 އާއި ގުޅިގެން ޔޫތް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ކުޅިވަރު ކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކުރަން ނިންމައިފިއެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވީ މި ނިންމުން ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

13 މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

މި ބަލިން ރައްކާތެރިވުމަށް ރާއްޖެއިން މުހިއްމު ފިޔަވަޅުތަކެއް އިއްޔެ ވެސް ވަނީ އަޅާފައެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އަރައި ފޭބުން މަނާކުރުމާއި، މާލޭ ސަރަހައްދުގައި ހުރި އެއްވެސް ގެސްޓްހައުސަކަށް ފަތުރުވެރިން ޗެކިން ކުރުން މަނާކުރުމުގެ އިތުރުން ކޮލްޖުތަކާއި ޔުނިވާސިޓީތައްވެސް ދެ ހަފްތާއަށް ބަންދުކުރަން ވަނީ އަންގާފައެވެ.