Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އެމްޑީޕީ އާއި ޖޭޕީ އަށް ފައިސާ ދޫކުރަން އީސީން ނިންމައިފި

އެމްޑީޕީ އާއި ޖޭޕީ އަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އީސީން މިއަދު ބުނީ މިއަދާ ހަމައަށް އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހަޅާފައިވަނީ އެމްޑީޕީ އާއި ޖޭޕީން ކަމަށެވެ.

އަދި ގާނޫނުގައި ދޭން ކަނޑައަޅާފައިވާ ގޮތުގެ މަތިން އެ ދެ ޕާޓީ އަށް ފައިސާ ދޫކުރުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށްވެސް އީސީން ބުނެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާ ދޫކުރާނީ އެ ޕާޓީއެއްގައި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. ފަހަކަށް އައިސް ގިނަ ޕާޓީތަކެއް ރަޖިސްޓާކޮށްފައިވާ އިރު އެއިން އެއްވެސް ޕާޓީއަކަށް އަދި މިހާތަނަށް އެ އަދަދަށް މެންބަރުން ހަމަ ކުރެވިފައެއް ނުވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ.