Last Updated: March 29, 06:30
Friday, March 29, 2024
ކުޅިވަރު

ޑިބާލާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޑިބާލާ މިރޭ ކުރި ޓްވީޓެއްގައި އޭނާ އާއި އޭނާގެ ލޯބިވެރިޔާ ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވާ ކަމަށާއި، ޓެސްޓުގެ ނަތީޖާ އިން ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ހާމަވެފައިވާ ކަމަށެވެ. ނަމަވެސް އެ ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ޑިބާލާ ބުންޏެވެ.

ޑިބާލާ އަކީ މި ބައްޔަށް ޕޮޒިޓިވްވި ޔުވެންޓަސްގެ ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ވަނީ އެޓީމުގެ ޑިފެންޑަރު ރުގާނީ އާއި މިޑްފީލްޑަރު މަޓުއިޑީ ވެސް މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ޔުވެންޓަސްގެ އިތުރުން އެހެން ކްލަބްތަކުގެ ކޯޗުންނާއި ކުޅުންތެރިން ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް-19 ގެ ސަބަބުން ޔޫރަޕްގެ ހުރިހާ ލީގެއްގެ ކުޅުން މެދުކަނޑާލާފައިވާއިރު، މިއަހަރު ބޭއްވުމަށް ހަމަޖެއްސި ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.