އަވަށްޓެރި ސްރީލަންކާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ލަންކާގެ ހެލްތް ޕްރޮމޯޝަން ބިއުރޯ އިން ހާމަކުރާ ގޮތުގައި އެގައުމުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފައެވެ. ލަންކާ އިން މި ބައްޔަށް 102 މީހަކު ޕޮޒިޓިވްވި ވެފައިވެއެވެ.
އަދި 255 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު، ލަންކާ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އުމުރު އުޅެނީ 41 އާއި 50 އަހަރާއި ދެމެދުގައެވެ. ލަންކާ އިން މި ބަލި ޖެހުނު 68 އިންސައްތަ މީހުންނަކީ ފިރިހެނުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ލަންކާގައި ކާފިއު އިއުލާންކޮށްފައިވާއިރު، އެގައުމުން ވަީ މި ބަލީގެ ނުރައްކާތެރިކަން ނެތްކަން ކަށަވަރުވަންދެން ފްލައިޓުތައް އެގައުމަށް ޖެއްސުން މަނާކޮށްފައެވެ. ނަމަވެސް ލަންކާ އިން ފުރައިގެން އެހެން ގައުމުތަކަށް ދިޔުމާއި ކާގޯ އޮޕަރޭޝަންސްތައް މިހާރެކޭ އެއްގޮތަށް ކުރިއަށްދާނެއެވެ.
ލަންކާ އަކީ ގިނަ އަދަދަކަށް ދިވެހިން އުޅެމުންދާ ގައުމެކެވެ.