Last Updated: April 18, 22:36
Thursday, April 18, 2024
ދުނިޔެ

ޕްރިންސް ޗާލްސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޕްރިންސް ޗާލްސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކްލެރެންސް ހައުސްގެ ތަރުޖަމާނަކު ވިދާޅުވީ ބައްޔަށް ޕްރިންސް ޗާލްސް ޕޮޒިޓިވްވި ނަމަވެސް ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށެވެ.

އަދި ޕްރިންސް ޗާލްސްގެ އަނބިކަނބަލުން ކަމީލާ ވެސް ބައްޔަށް ޓެސްޓުކޮށްފައިވާ ކަމަށާއި ނަމަވެސް އެކަމަނާގެ ގައިން ބަލި ފެނިފައި ނުވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އެ ދެ ބޭފުޅުން ވެސް މިވަގުތު ތިއްބެވީ ސެލްފް އައިސޮލޭޝަނުގައެވެ.

އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެގައުމުގައި މި ބަލީގެ ނުރައްކާ އަންނަނީ ބޮޑުވަމުންނެވެ.

އެގޮތުން އިނގިރޭސިވިލާތުގައި މި ބައްޔަށް މިހާތަނަށް 6،650 މީހުން ޕޮޒިޓިވް ވެފައިވާއިރު، 300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.