Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ސިޔާސީ މަގާމުތަކަށް މީހުން ނެގުން މަޑުޖައްސާލައިފި

ރައީސް އޮފީސް -- ފޮޓޯ / މިހާރު

ކޮވިޑް-19 އާއި ގުޅިގެން ހަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތަކަށް މީހުން ނެގުން މަޑުޖައްސާލައިފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސިޔާސީ މަގާމުތަކަށް މީހުން ނެގުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާއި އިތުރު ބުރައެއް މިވަގުތު އުފުލުމަކީ ބަޖެޓަށް ވެސް ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

"އަދިވެސް ބައެއް މަގާމުތައް އެބަހުރި، އަޅުގަނޑު ކަނޑައަޅާފައި ހުރި އަދަދުތަކުގެ ތެރޭގައި. އެހެން ނަމަވެސް މިވަގުތަށް މަޑުޖައްސާލައިގެން މި އުޅެނީ" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައިސްފައިވަނީ ކޯލިޝަނެއްގެ ތެރެއިން ކަމަށްވާއިރު، ގިނަ ސިޔާސީ މަގާމުތަކެއް މި ސަރުކާރުގައި މިހާރުވެސް ވަނީ އުފައްދާފައެވެ. އެގޮތުން ކުރީ ސަރުކާރަށް ވުރެ ވެސް މި ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮންމެވެސް ވަރެއްގެ އަސަރެއްގެ ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ސަރުކާރުން ވަނީ އެކަމާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އާ ވަޒީފާތައް ނުއުފެއްދުމަށާއި އިދާރީ ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ އޮފީސްތަކަށް އަންގާފައެވެ.