Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

61 ކިލޯގެ ޑްރަގް ހޯދައި، 11 ދިވެހިން ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 61 ކިލޯގެ ޑްރަގް ހޯދައި 11 ދިވެހިން ހައްޔަރުކޮށްފި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސް ޑިޕާޓްމަންޓާއި މެރިން ޕޮލިސް އިން ހިންގި އޮޕަރޭޝަނެއްގައި މަސް ދޯންޏަކުން އަތުލައިގެންފައިވަނީ 61.06 ކިލޯގެ ހެރޮއިން ކަމަށެވެ. މިތަކެތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މިމައްސަލައިގައި 11 ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު މީގެ ތެރެއިން 7 މީހުން ހައްޔަރުކޮށްފައިވަނީ މަސް ދޯނިން ކަމަށާއި އަނެއް 4 މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.