Last Updated: April 18, 10:54
Thursday, April 18, 2024
ޚަބަރު

ހޮޑާފުށީގެ މުވައްޒަފަކު ހަނިމާދޫ އަށް ދިޔުމުން ހައްޔަރުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ހދ.ހޮޑާފުށީގެ މުވައްޒަފަކު ހަނިމާދޫ އަށް ދިޔުމުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ހޮޑާފުށި އައިލޭންޑް ރިސޯޓުގެ މުވައްޒަފެއް، ހަނިމާދޫގައި ހުރެފައި އެ ރިސޯޓުގެ މެނޭޖްމެންޓުގެ ހުއްދަ ނެތި ރިސޯޓަށް އަރައި، ރިސޯޓުގައި ހުރި އޭނާގެ ތަކެތި ހިފައިގެން އެނބުރި ހަނިމާދޫ އަށް ދިޔުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިސޯޓުތަކުގެ މުވައްޒަފުން ރިސޯޓުން ފޭބުމާއި އަދި ރަށްރަށުން މީހުން ރިސޯޓުތަކަށް ދިޔުން ވެސް މިވަގުތު އޮތީ މަނާކޮށްފައެވެ.