Last Updated: April 25, 21:20
Thursday, April 25, 2024
ދުނިޔެ

ބަލިޖެހުނު 96 އަހަރުގެ މީހަކު ރަނގަޅުވެއްޖެ

ދެކުނު ކޮރެޔާގައި ކޮވިޑް-19 ޖެހުނު 96 އަހަރުގެ މީހަކަށް ފަރުވާ ދިނުމަށް ފަހު ރަނގަޅުވެގެން ދޫކޮށްލައިފިއެވެ.

މި ބަލިން ރަނގަޅުވެފައިވަނީ ކޮރެޔާގެ ޗެންގްޑޯ ކައުންޓީ އަށް ނިސްބަތްވާ ހުވާންގް ނަމަކަށް ކިޔާ އަންހެނެކެވެ. ޗެންގްޑޯ ކައުންޓީ އޮންނަނީ މި ބަލި ކޮރެޔާގައި އެންމެ ބޮޑަށް ފެތުރިފައިވާ ޑައެގޫ ސިޓީ އާއި ކައިރި ހިސާބެއްގައެވެ.

ހުވާންގް އަށް މި ބަލި ޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ޕޮހާންގް ޕަބްލިކް ކްލަނިކްގައި އޭނާ އަށް ފަރުވާދިންއިރު، މި ބަލިން އޭނާ ރަނގަޅުވެފައިވާކަން ކަނޑައަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ފަރުވާއަށްފަހު ދޫކޮށްލުމުން އަމިއްލަ ގޭގައި ކަރަންޓީނުގެ މުއްދަތެއް ހުވާންގް މިހާރު އަންނަނީ ފުރިހަމަ ކުރަމުންނެވެ.

ހުވާންގް އަކީ ކޮރެޔާގައި މި ބަލިން ރަނގަޅުވި އެންމެ އުމުރުން ދުވަސްވީ މީހާއެވެ.

ކޮރެޔާގައި މިހާތަނަށް 9،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު، މި ބަލީގައި އެގައުމުން މިހާތަނަށް ވަނީ 131 މީހުން މަރުވެފައެވެ.