Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

އައިސޮލޭޝަން ފެސިލިޓީތަކުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ކޯވިޑް-19 އާ ގުޅިގެން ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއާ އަދި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ޤާއިމުކުރާ އައިސޮލޭޝަން ފެސިލިޓީޒްގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވައިލެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު އެ ދެ ތަނަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސްގެ މި ޒިޔާރާތްކުރެއްވުމުގައި އެމަނިކުފާނު ވަނީ އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާ، މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މިވަގުތު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ބަލި ރާއްޖޭގައި ކޮންޓްރޯލްކުރުމަށާއި މިބަލިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާއިރު ޙާލަތާ ގުޅޭގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ވެސް އަންނަނީ އަޅުއްވަމުންނެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 ޕޮޒިޓިވް ވެފައި ވާއިރު، އޭގެތެރެއިން އަށް މީހަކު ރަނގަޅު ވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާއިރު، ސަރުކާރުން ވަނީ މި މަހުގެ 12 ވަނަ ދުވަހު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.