Last Updated: March 28, 19:01
Thursday, March 28, 2024
ދުނިޔެ

ކޮވިޑް-19: އިޓަލީން މަރުވި ޑޮކްޓަރުންގެ އަދަދު 37 އަށް

ނުރައްކާތެރި ކޮވިޑް-19 ގައި އިޓަލީން މިހާތަނަށް 30 އަށް ވުރެ ގިނަ ޑޮކްޓަރުން މަރުވެއްޖެއެވެ.

އިޓަލީގެ ފެޑެރޭޝަން އޮފް މެޑިކަލް ޕްރޮފެޝަނަލްސް އިން ބުނިގޮތުގައި މިހާތަނަށް އެ ބަލީގައި 37 ޑޮކްޓަރުން އެގައުމުން މަރުވެފައިވާ ކަމަށެވެ.

ގިނަ އަދަދަކަށް އިޓަލީން ޑޮކްޓަރުން މަރުވެފައިވާއިރު، މި ބަލީގެ ނުރައްކާ މިހާރު އެންމެ ބޮޑުވެފައިވާ ގައުމަކީ ވެސް އިޓަލީއެވެ. އެގޮތުން މި ބައްޔަށް އިޓަލީން މިހާތަނަށް 70،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، 7000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާ އަށް ވުރެ ވެސް އިޓަލީގައި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިޓަލީން މިހާރު ވަނީ ލޮކްޑައުންގެ ހާލަތުވެސް އިއުލާންކޮށްފައެވެ.