Last Updated: April 18, 17:55
Thursday, April 18, 2024
ޚަބަރު

ރޭގަނޑު އައްޑޫ ގަމަށް އަރައި ފޭބުން މަނާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަރައި ފޭބުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

އައްޑޫ އެއާޕޯޓުން މިއަދު ނެރުނު އެންގުމެއްގައި ބުނީ މިއަދުން ފެށިގެން އާންމުކޮށް ގަމަށް އަރާ ފޭބޭނެ ގަޑިއަކީ ހެނދުނު 6:00 އިން ރޭގަނޑު 6:00 އަށް ކަމަށެވެ.

އަދި ރޭގަނޑު ފުރުމަށް ފްލައިޓު ޝެޑިއުލް ކުރެވިފައިވާނަމަ ޗެކިން ފެށުމުގެ 30 މިނެޓް ކުރިން ހުޅުވުމަށްފަހު ފްލައިޓް ފުރާތާ 30 މިނެޓް ފަހުން ބަންދުކުރެވޭނެ ކަމަށްވެސް އެއާޕޯޓުން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިރޭ ރޭގަނޑު 6:00 އިން ފެށިގެން އައްޑޫގެ ފިހާރަތަކާއި ކެފޭތައް ބަންދުކުރަން އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ވަނީ އަންގާފައެވެ.

މީގެއިތުރުން އާންމުން އެއްވެ އުޅޭ ތަންތަން ބަންދުކޮށް އެ ތަންތަނުގައި ހިންގާ ހަރަކާތްތައް ވެސް ހުއްޓާލުމަށް ވެސް ކައުންސިލުން ވަނީ އަންގާފައެވެ. އަދި އައްޑޫގެ އަވަށްތައް މާދަމާ ހެނދުނު 8:00 އިން ފެށިގެން ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.