Last Updated: April 19, 11:14
Friday, April 19, 2024
ދުނިޔެ

އިންޑިއާއަށް ފްލައިޓުތައް ޖެއްސުން ހުއްޓާލުމުގެ މުއްދަތު އިތުރުކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އަންނަ މަހު 14 އާއި ހަމައަށް އިންޑިއާ އަށް ބައިނަލްއަގުވާމީ ފްލައިޓްތައް އޮޕަރޭޓް ކުރުން ހުއްޓާލަން ނިންމައިފިއެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މީގެކުރިން ނިންމާފައި އޮތީ ހަފްތާއެއްގެ މުއްދަތަށް އެގައުމަށް ފްލައިޓުތައް ޖެއްސުން މަނާކުރާ ގޮތަށެވެ. ނަމަވެސް އެ އޮތޯރިޓީން މިއަދު ވަނީ އެ މުއްދަތު އަންނަ މަހުގެ 14 ގެ ނިޔަލަށް އިތުރުކުރިކަން ހާމަކޮށްފައެވެ.

ނަމަވެސް ކާގޯ ފްލައިޓުތައް މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް އޮޕަރޭޓް ކުރަމުންދާނެ ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.

އިންޑިއާ އަށް ބައިނަލްއަގުވާމީ ފްލައިޓްތައް އޮޕަރޭޓް ކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރިއިރު، އެގައުމުން ވަނީ މި މަހުގެ ނިޔަލަށް އެތެރޭގެ އުދުހުންތައް ވެސް ހުއްޓާލަން ނިންމާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ 21 ދުވަހުގެ ލޮކްޑައުނަކަށް ގޮސްފައިވާއިރު، މި ބައްޔަށް އެގައުމުން މިހާތަނަށް ވަނީ 700 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައެވެ.