Last Updated: July 5, 20:34
Sunday, July 6, 2025
ޚަބަރު

ކޮއްދިއްޕަރު ރިސޯޓު ބަންދުކޮށް، މީހަކު ޓެސްޓު ކުރަނީ

ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސް ރިސޯޓު ބަންދުކޮށް، ކޮވިޑް-19 އަށް މީހަކު ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޕީއޭ އިން މިރޭ ބުނީ އެ ރިސޯޓުން ކޮވިޑްގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރަނީ ބިދޭސީއެއް ކަމަށެވެ.

އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު މޮނިޓަރިންގްއަށް ލެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެ ހާލަތުގައި އޮންނަ ރިސޯޓަކަށް އަރައި ފޭބުމަކީ މަނާ ކަމެކެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އަށް މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި މިހާރު ފަރުވާދެމުންދާ ފަސް މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.