Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ރާއްޖެއިން ޕޮޒިޓިވްވި އިތުރު މީހަކު ރަނގަޅުވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލް - ފޮޓޯ: މުހައްމަދު އަފްރާހް (ސަން)

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު މީހަކު ރަނގަޅުވެއްޖެ އެވެ.

މިކަން ހާމަކޮށްފައިވަނީ މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑޮކްޓަރު މުހައްމަދު އަލީ އެވެ.

އެގޮތުން ބަލިން ރަނގަޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގައި ފަރުވާދެމުން ދިޔަ މީހެއް ކަމަށް ޑރ.މުހައްމަދު އަލީ ވިދާޅުވިއެވެ. މި ބަލިން ރަނގަޅުވި ކަމަށް ބަލަނީ ދެ ފަހަރަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުން ކަމަށްވެސް ޑރ.އަލީ ވިދާޅުވިއެވެ.

އެމީހާއާއެކު އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދިޔަ އެންމެންވެސް ރަނގަޅުވެގެން ދިޔައީކަން ޑރ.އަލީ ފާހަގަކުރެއްވިއެވެ.

މި މީހާއާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން، 9 މީހުން ވަނީ ރަނގަޅުވެފައެވެ. މި ބައްޔަށް މިހާރު ފަރުވާދެމުން އަންނަނީ ހަތަރު މީހަކަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މިހާރު ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ސަރުކާރާއި ސްކޫލްތައް އިތުރު ހަފްތާއަކަށް ބަންދުކުރަން ނިންމާފައިވާއިރު، މާދަމާ އިން ފެށިގެން ފެށިގެން ރާއްޖޭން އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލަން ވެސް ވަނީ ނިންމާފައެވެ.