Last Updated: April 20, 13:48
Saturday, April 20, 2024
ކުޅިވަރު

ނައިބު ރައީސް "ސްޓޭއެޓްހޯމް ޗެލެންޖް" ގައި ބައިވެރިވެ ވަޑައިގެންފި

މިހާރު ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ "ސްޓޭއެޓްހޯމް ޗެެލެންޖް" ގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންފިއެވެ.

މިއީ ކޮވިޑް-19 އާއި ގުޅިގެން ގޭގައި ތިބުމަށް ސިއްހީ ފަރާތްތަކުން އިރުޝާދު ދީފައިވާތީ މުނިފޫހިފިލުވުމުގެ ގޮތުން ފަށާފައިވާ ޗެލެންޖެކެވެ. އެގޮތުން މި ޗެލެންޖުގައި އޮންނަނީ ޓޮއިލެޓް ޕޭޕަރ ރޯލެއް ބޭނުންކޮށްގެން ވީހާވެސް ގިނަ ވަގުތު ޖަގްލްކުރުމެވެ.

އެގޮތުން ނައިބު ރައީސް މި ޗެލެންޖްގައި ބައިވެރިވެ ވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމަނިކުފާނު ނޮމިނޭޓް ކުރެއްވުމާ ގުޅިގެންނެވެ.

ނައިބު ރައީސް ވަނީ މި ޗެލެންޖް ފުރިހަމަ ކުރެއްވުމަށްފަހު ހަތަރު ފަރާތަކަށް މި ޗެލެންޖްގައި ބައިވެރިވެ ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ. އޭގެތެރޭގައި ހިމެނެނީ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ އާއި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލްގެ އިތުރުން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އަދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ.

މި ޗެލެންޖްގައި މީގެކުރިން ވަނީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން ރާއްޖޭގެ އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ވެސް ބައިވެރިވެފައެވެ.

މި ޗެލެންޖުގައި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ވެސް ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ވެސް ހިމެނެއެވެ.