Last Updated: April 26, 15:47
Friday, April 26, 2024
ދުނިޔެ

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކަށް އަރައިފި

ނުރައްކާތެރި ކޮވިޑް-19 އަށް ދުނިޔެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު އެއް މިލިއަނަށް އަރައިފިއެވެ.

އެގޮތުން މިހާތަނަށް މި ބައްޔަށް ވަނީ މުޅި ދުނިޔެއިން 1،002،159 މީހުން ޕޮޒިޓިވް ވެފައެވެ. އަދި މި ބަލީގައި 50،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މި ބަލީގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އެގޮތުން އެގައުމުން ވަނީ މި ބަލީގައި 13،155 މީހުން ވަނީ މަރުވެފައެވެ. ދެވަނަ އަށް އެންމެ ގިނައިން މީހުން މަރުވެފައިވަނީ ސްޕެއިނުންނެވެ. އެގޮތުން އެގައުމުން ވަނީ 10،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

އަދި މި ބައްޔަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވާ ގައުމަކީ އެމެރިކާއެވެ. އެމެރިކާ އިން މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އިޓަލީން ކަމަށްވާއިރު، ތިންވަނަ އަށް އުޅެނީ ސްޕެއިން އެވެ.

މި ބަލީ އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މި ބަލީގެ ނުރައްކާ މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ.