Last Updated: April 19, 11:14
Friday, April 19, 2024
ކުޅިވަރު

ނިއުޒީލޭންޑްގެ ކެެޕްޓަން ކުއްތާއަށް ކުރިކެޓު ކުޅެން ދަސްކޮށްދެނީ

ނިއުޒީލެންޑްގެ ކުރިކެޓު ޓީމުގެ ކެޕްޓަން ކޭން ވިލިއަމްސަން އޮޅުކޮށްގެން ގެންގުޅޭ ކުއްތާއަށް އޭނާ ކުރިކެޓު ކުޅެން ދަސްކޮށްދޭން ފަށައިފިއެވެ. ވިލިއަމްސަން ކުއްތާއަށް ކުރިކެޓު ކުޅެން ދަސްކޮށްދޭން ފެށީ ކޮރޯނާ ވައިރަހާ ހެދި ގޭބަންދުވެގެން އުޅެންޖެހުމުން ލިބުނު ހުސްވަގުތުތަކުގެ ތެރޭގައެވެ.

ވިލިއަމްސަންއަކީ އޭނާގެ ކުއްތާއާ ވަރަށް ރައްޓެހި އަދި ގާތްގުޅުމެއް ބާއްވާ މީހެކެވެ.

ފުރާނައަށް ނުރައްކާތެރި ކޮރޯނާވައިރަސް މުޅިދުނިޔެއަށް ފެތުރި އެ ބަލިމަޑުކަމުގައި އެތައްހާސް ބަޔަކު މަރުވުމާގުޅިގެން ދުނިޔޭގެ ހުރިހާކުޅިވަރެއް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކުޅިވަރު މުބާރާތްތައް ވަނީ ފަސްކުރެވިފައެވެ. އެހެންވެ ވަރަށްގިނަ ކުޅުންތެރިން ޕްރެކްޓިސް ކުރަމުންދަނީ އަމިއްލަ ގޭގައެވެ. އަމިއްލައަށެވެ. ބައެއް ޓެނިސް ކުޅުންތެރިން އަމިއްލަ ގޭގައި ޓެނިސް ކޯޓު އަޅައިގެން ފަރިތަކުރަމުން އެބަގެންދެއެވެ.

ވިލިއަމްސަން އޭނާގެ ގޯތިތެރޭގައި ކުރިކެޓު ޕްރެކްޓިސް ކުރަމުންދާއިރު ކުއްތާއަށް ވެސް ކުޅޭނޭ ގޮތް ދަސްކޮށްދެމުން ގެންދެއެވެ. ކުއްތާ ސްލިޕްގައި ބައިންދައިގެން ޕްރެކްޓިސް ކުރުވައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ވިލިއަމްސަންގެ ކުއްތާ ވަރަށް ރަނގަޅަށް މިހާރު އަނގައިން ބޯޅަ ހިފައެވެ.