Last Updated: April 26, 10:52
Friday, April 26, 2024
ދުނިޔެ

ޝާހުރުކް ޚާންގެ އޮފީސް އިމާރާތް ކަރަންޓީނު ފެސިލިޓީއަކަށް

މުމްބާއީގައި ހުންނަ ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޚާންގެ ހަތަރު ބުރީގެ އޮފީސް އިމާރާތް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް ދޫކޮށްފިއެވެ.

ބްރިހާންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) މިއަދު ބުނީ ޝާހުރުކް އާއި އޭނާގެ އަންހެނުން ގައުރީ ޚާންގެ އަމިއްލަ އޮފީސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ދޫކޮށްފައިވާތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

އަދި އެތަން ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންނާއި އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުން ބޭތިއްބުމަށް ކަމަށް ބީއެމްސީން ބުނެއެވެ.

ޝާހުރުކްގެ އޮފީސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ދޫކޮށްފައިވާއިރު، މިދިޔަ ހަފްތާގައި އޭނާ ވަނީ ކޮވިޑް-19 އާއި ގުޅިގެން ހުޅުވާފައިވާ ހަތަރު ފަންޑަކަށް ފައިސާ ވެސް ހަދިޔާކޮށްފައެވެ. އޭގެތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުޅުވާފައިވާ ފަންޑު ވެސް ހިމެނެއެވެ.

ކޮވިޑްގެ ނުރައްކާ އިންޑިއާގައި ބޮޑުވެފައިވާއިރު އެގައުމުގައި މިދިޔަ މަހު ވަނީ 21 ދުވަހުގެ ލޮކްޑައުނެއް އިއުލާންކޮށްފައެވެ.

އިންޑިއާ އިން މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 68 މީހަކު ވަނީ މަރުވެފައެވެ.