Last Updated: April 26, 20:24
Friday, April 26, 2024
ދުނިޔެ

ދެ ހަފްތާތެރޭ އެމެރިކާއިން ގިނަ ބަޔަކު މަރުވާނެ: ޓްރަމްޕް

ކުރިއަށް އޮތް ދެ ހަފްތާތެރޭ ކޮވިޑް-19 ގެ ސަބަބުން އެމެރިކާ އިން ގިނަ އަދަދަކަށް މީހުން މަރުވާނެ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރޭ ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ މި ހަފްތާ އާއި ކުރިއަށް އޮތް ހަފްތާއަކީ އެމެރިކާ އަށް އެންމެ އުނދަގޫ ވާނެ ދެ ހަފްތާ ކަމަށާއި ގިނަ ބަޔަކު މަރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މި ހަފްތާ އާއި ކުރިއަށް އޮތް ހަފްތާއަކީ އެންމެ އުނދަގޫވާނެ ދެ ހަފްތާ. ގިނަ ބަޔަކު މަރުވާނެ" ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާ އިން މިހާތަނަށް މި ބައްޔަށް ތިން ލައްކަ އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، އެގައުމަކީ މުޅި ދުނިޔެ އިން ވެސް މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމެވެ. އަދި މި ބަލީގައި އެގައުމުން މިހާތަނަށް ވަނީ 7،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

އެމެރިކާ އިން އިއްޔެ އެކަނި ވެސް 1،334 މީހުން މަރުވެފައެވެ. މިއީ މި ބަލި އެމެރިކާގައި ފެތުރެން ފެށި ފަހުން އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަހެވެ.