Last Updated: April 26, 23:00
Friday, April 26, 2024
ކުޅިވަރު

ލަންކާގައި ތާށިވެފައި ތިބި ޓީސީ ޓީމު ރާއްޖެ ގެނެސްފި

ސްރީލަންކާގައި ތާށިވެފައި ތިބި ޓީސީ ސްޕޯޓްސް ކްލަބު އެނބުރި ރާއްޖެ ގެނެސްފިއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗެއް ކުޅުމަށް ބަންގްލަދޭޝަށް ދިޔަ ޓީސީ ޓީމު ލަންކާ އަށް ގޮސްފައިވަނީ ރާއްޖެ އައުމުގެ ކުރިން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށެވެ. ނަމަވެސް ކަރަންޓީނުގައި ޓީމު އޮއްވާ ލަންކާގައި ކާފިއު އިއުލާންކޮށް، އެގައުމަށް ބައިނަލްއަގުވާމީ ފްލައިޓުތައް ޖެއްސުން މަނާކުރުމުން ޓީމު ވަނީ އެގައުމުގައި ތާށިވެފައެވެ.

ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން މިރޭ ރާއްޖެ އައިސްފައިވަނީ، މޯލްޑިވިއަން އިން ލަންކާ އަށް މިއަދު ކުރި ދަތުރުގައެވެ.

ލަންކާގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކޮށްފައިވީ ނަމަވެސް، ސަރުކާރުން މިހާރު ވަނީ ރާއްޖެ އަންނަ ހުރިހާ ފަރާތްތަކެއް ވެސް ކަރަންޓީނު ކުރުމަށް ނިންމާފައެވެ. އެހެންކަމުން ޓީސީ ކުޅުންތެރިން ވެސް އިތުރު 14 ދުވަހު ރާއްޖޭގައި ވެސް ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ބެލެވެއެވެ.

މޯލްޑިވިއަން އިން ލަންކާގެ ވެރިރަށް ކޮލަމްބޯ އަށް މިއަދު ދެ ފްލައިޓެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ދެ ފްލައިޓުން ޖުމްލަ 100 ދިވެހިން ގެނެވޭނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.