Last Updated: April 26, 15:47
Friday, April 26, 2024
ދުނިޔެ

ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް އެމެރިކާގެ އެހީ ބޭނުމެއް ނޫން

ކޮވިޑް-19 އާއި ދެކޮޅަށް އިރާނުން ކުރާ މަސައްކަތަށް އެމެރިކާގެ އެހީ ބޭނުން ނުވާ ކަމަށް އެގައުމުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިރާނުގެ ހާރިޖީއްޔާގެ ތަރުޖަމާނު އައްބާސް މޫސާވީ ވިދާޅުވީ ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް އިރާނުން އެމެރިކާގެ އެހީ އަށް އެދިފައި ނުވާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް ނޭދޭނެ ކަމަށެވެ.

"ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެމެރިކާގެ އެހީއަކަށް އިރާނުން ނޭދޭނެ. އެކަމަކު އެމެރިކާ އިން ގާނޫނާއި ހިލާފަށް އިރާނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެބަޖެހޭ އުވާލަން" މޫސާވީ ވިދާޅުވިއެވެ.

އިރާނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މި ހާލަތުގައި ވެސް އުވާލަން އެމެރިކާ އިން ދެކޮޅު ހަދަމުން އަންނައިރު، މޫސާ ވަނީ އެމެރިކާގެ ބޭނުމަކީ އެގައުމާއެކު މަޝްވަރާގެ މޭޒަށް އިރާން އައުމަށް މަޖުބޫރު ކުރުން ކަމަށެވެ.

ކޮވިޑް-19 އަށް މިހާތަނަށް އިރާނުން 60،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި އެގައުމުން ވަނީ 3،739 މީހުން މަރުވެފައެވެ.