Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ދުބާއީ އިން ހަތް ޓަނުގެ މުދާ ރާއްޖެ ގެނެސްފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީ އިން ހަތް ޓަނުގެ މުދާ މޯލްޑިވިއަން އިން ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވިއަނުން ބުނީ 6700 ކިލޯގެ ކާގޯ ހިފައިގެން އެ އެއާލައިނުގެ ފުލައިޓު މިރޭ ރާއްޖެ އައިސްފައިވާ ކަމަށެވެ. މި ތަކެތި ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ އެއާބަސް ފްލައިޓުގައެވެ.

މޯލްޑިވިއަން އިން ރޭ ވަނީ ތައިލޭންޑުގެ ބެންކޮކުން 11 ޓަނުގެ މުދާ ވެސް ރާއްޖެ ގެނެސްދީފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތައް މި ދުވަސްވަރު ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވުމުން ވައިގެ ދަތުރުފަތުރުކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މޯލްޑިވިއަން އިން އަންނަނީ އެކި ގައުމުތަކަށް ކާގޯ ފްލައިޓުތަކެއް ބާއްވަމުންނެވެ.

މޯލްޑިވިއަނުން ބުނީ ކާގޯ ފްލައިޓުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑްގެ އިތުރުން ޔޫއޭއީއަށް ކަމަށެވެ.