Last Updated: May 6, 21:20
Monday, May 6, 2024
ޚަބަރު

ކަރަންޓް އަލުން ގުޅުން 50ރ. އަށް ބޮޑުކޮށްފި

ކަރަންޓް ބިލް ދައްކަން އޮންނަ މުއްދަތުގެ ތެރޭގައި ކަރަންޓް ނުދައްކައިގެން، ހިދުމަތް ކަނޑާލުމަށް ފަހު އަންނަ މަހުން ފެށިގެން އަލުން ކަރަންޓް ގުޅައި ދޭނީ ކުރިން ނަގަމުން ދިޔަ 25ރ. ގެ ބަދަލުގައި 50ރ. އަށް ކަމަށް އައްޑު އަށް ކަރަންޓް ދޭ ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ކުންފުނިން ގޭގެއަށް ފޮނުވާފައިވާ ނޯޓިހެއްގައި ބުނަނީ އެ ބަދަލު ގެނައީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް އެއް އުސޫލަކުން ހިދުމަތް ދޭން ކަމަށެވެ.

މީގެ ކުރިން ކަރަންޓް ކަނޑާލުމުން ސިންގަލް ފޭސް ރިކަނެކްޝަނަށް 25ރ. ނެގި ނަމަވެސް އޮގަސްޓް 1 އިން ފެށިގެން ހުރިހާ ކަރަންޓަކަށް ވެސް ރިކަނެކްޝަންގެ ގޮތުގައި ނަގާނީ 50ރ. ކަމަށް ފެނައިން ބުންޏެވެ.

އެހެން ނަމަވެސް ކުރިއެެކޭ އެއްގޮތަށް ބިލް މުއްދަތު ހަމަވުމުން ޗާޖް ކުރާ ދެ ޕަސެންޓާއި ރިކަނެކްޝަން ފީ ހިމެނޭނީ އަބަދުވެސް ޖެހިގެން އަންނަ މަހުގައި ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކަ އިން އައްޑޫގައި ދޭ ކަރަންޓުގެ ހިދުމަތަށް މިފަދަ ބަދަލެއް ގެނައި އިރު، ސަރުކާރުން މިހާރު ވަނީ އައްޑޫގެ ކަރަންޓްގެ ހިދުމަތް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލު ކުރަން ނިންމާފަ އެވެ.