Last Updated: April 30, 06:17
Tuesday, April 30, 2024
ޚަބަރު

ދުބާއީ އިން ސިއްހީ ސާމާނު ރާއްޖެ ގެނެސްފި

ކޮވިޑް-19 އަށް ފަރުވާ ކުރުމަށް ދުބާއީ އިން ސިއްހީ ސާމާނުތަކެއް ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވިއަން އިން ބުނީ ދުބާއީ އިން މީގެ އިރުކޮޅެއް ކުރިން 5000 ކިލޯގެ ތަކެތި ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެގޮތުން ދުބާއީ އިން ގެނެސްފައިވާ ތަކެތީގެ ތެރެއިން ގިނައީ ސިއްހީ ސާމާނު ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތައް މި ދުވަސްވަރު ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވުމުން ވައިގެ ދަތުރުފަތުރުކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މޯލްޑިވިއަން އިން އަންނަނީ އެކި ގައުމުތަކަށް ކާގޯ ފްލައިޓުތަކެއް ބާއްވަމުންނެވެ.

މޯލްޑިވިއަނުން ބުނީ ކާގޯ ފްލައިޓުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑްގެ އިތުރުން ޔޫއޭއީއަށް ކަމަށެވެ.

މީގެއިތުރުން މޯލްޑިވިއަން އިން ވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ޗާޓަރު ފްލައިޓުތަކެއް ވެސް ބާއްވަމުންނެވެ.