Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

އައްޑޫ އަށް އައި ލޯންޗެއްގެ ކެޕްޓަން ހައްޔަރުކޮށްފި

ރިސޯޓަކުން މުވައްޒަފުން ގޮވައިގެން އައްޑޫ ސިޓީ ހިތަދޫ އަށް އައި ލޯންޗެއްގެ ކެޕްޓަން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށްފައިވާ ދަނޑިވަޅެއްގައި، ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނުނަގައި ރިސޯޓަކުން މުވައްޒަފުން މިއަދު ހެނދުނު 8:15 ގައި ހިތަދޫ އަށް ދަތުރުކުރި ލޯންޗެއްގެ ކެޕްޓަން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ ޒަރޫޒީ ބޭނުމެއް ނެތި އައްޑޫ އަށް ދަތުރުކުރާ ފަރާތްތަކުން އެޗްޕީއޭ އިން ހުއްދަ ހޯދައިގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ހުއްދަ ނުހޯދައި މިއަދު އައްޑޫ އަށް އައި ލޯންޗަށް ހުއްދަ ހޯދަން އަންގައި ހުއްދަ ލިބުމުން މިހާރު ކްލިއަރެންސް ދެވިފައިވާ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ހުއްދަ ލިބިގެން އަންނަ ލޯންޗުތައް އައްޑޫ އަށް ކައިރި ކުރަން ހަމަޖެހިފައިވަނީ ގަން ދޫގަސް ޖެޓީ އަށް ކަމަށެވެ.