Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު

ބޭރުގައި އުޅުނު 39 މީހަކު ޖޫރިމަނާކޮށްފި

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮއްވައި މަގުތަކަށް ނިކުމެ އުޅުނު 30 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފިއެވެ.

އެގޮތުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.އަބްދުﷲ ފައިރޫޝް ވިދާޅުވީ މިހާތަނަށް މަގުތަކަށް ނިކުމެ އުޅުނު 39 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ޖޫރިމަނާކޮށްފައިވަނީ 1000 ރުފިޔާ އިންނެވެ.

ފުލުހުން އިއްޔެ ވަނީ މާލޭގެ މަގުތަކަށް ނިކުމެ އުޅުނު 92 މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އޭގެ ކުރީ ދުވަހު ވަނީ 70 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މާލެއިން ކޮވިޑް-19 އަށް މީހުންތަކެއް ޕޮޒިޓިވް ވަމުންދާތީ ސަރުކާރުން ވަނީ 14 ދުވަހުގެ މުއްދަތަކަށް މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ. އެ ހާލަތުގައި މަގުތަކަށް ނިކުމެ އުޅޭ މީހުން ޖޫރިމަނާ ކުރުމުގެ އިތުރުން ކަރަންޓީނަށް ވެސް ގެންދާނެ ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް ބޭނުންވާ ކަމަށް ފުލުހުން ވަނީ އެދިފައެވެ.