Last Updated: May 4, 09:56
Saturday, May 4, 2024
ޚަބަރު

އިތުރު 12 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި 12 މީހުންނާއެކު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 128 އަށް އަރާފައިވާ ކަމަށެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި 68 ބިދޭސީންނެވެ. ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 16 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު ހަ މީހަކު ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭ އިން މިއަދު މެންދުރު ވެސް ވަނީ އިއުލާންކޮށްފައެވެ. މި ހަ މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންގެ ދެ މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުން އަދި ލަންކާ އިންނާއި އިންޑިޔާ މީހެކެވެ.

މިހާތަނަށް 5441 ސާމްޕަލް ހެދިފައިވާއިރު، 5071 ސާމްޕަލް ނެގެޓިވް ވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މާލެއިން ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވަމުން އަންނައިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތުގައެވެ.