Last Updated: April 19, 11:14
Friday, April 19, 2024
މުނިފޫހިފިލުވުން

ލޮކްޑައުންގެ ސަބަބުން އިރްފާން ޚާންއަށް މަންމަގެ ޖަނާޒާގައި ބައިވެރި ނުވެވުނު

އިރްފާން ޚާން އަދި އޭނާގެ މަންމަ ސައީދާ ބޭގަމް

ބޮލީވުޑްގެ މަޝްހޫރު ތަރި އިރްފާން ޚާންގެ މަންމަ ސައީދާ ބޭގަމް މަރުވުމުން ލޮކްޑައުންގެ ސަބަބުން ޖަނާޒާގައި ބައިވެރިވުމުގެ ނަސީބެއް ވެސް އިރްފާނަކަށް ނުލިބުނެވެ.

އިރްފާންގެ މަންމަ ސައީދާ މަރުވެފައިވަނީ 85 އަހަރުގައި ހޮނިހިރު ދުވަހު އިންޑިއާގެ ޖެއިޕޫރްގައެވެ. ސައީދާ މަރުވީ ގިނަ ދުވަސްތަކަކަށް ބަލިވެ އުޅުމަށްފަހުގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. ސައީދާ މަރުވި އިރު އިރްފާން ހުރީ މުމްބާއީގައި ލޮކްޑައުންގެ ސަބަބުން ތާށިވެފައެވެ. އިރްފާންގެ ބޭބެ ޖެއިޕޫރްގައި ހުރުމުން ހުރިހާ ކަމެއްގައި އޭނާގެ ބަދަލުގައި ހަރަކާތްތެރިވީ އިރްފާންގެ ބޭބެއެވެ. ހޮނިހިރު ދުވަހުގެ ހަވީރު ސައީދާ ބޭގަމްގެ ޖަނާޒާ ވަނީ ބާއްވާފައެވެ. ޖަނާޒާގައި އިރްފާން ބައިވެރިވެފައިވަނީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ.

ކޮވިޑް 19ގެ ސަބަބުން އިންޑިއާވަނީ ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ. ލޮކްޑައުންގެ ސަބަބުން ގޭގައި ތިބެން ޖެހުން ވެގެން ދިޔައީ ބައެއް ފިލްމީ ތަރިންނަށް ލިބުނު ހިތްހަމަޖެހުމަކަށެވެ. މަސައްކަތުގެ ސަބަބުން އާއިލާއާއެކު ވަގުތު ހޭދަ ނުކުރެވޭ ތަރިންނަށް ގިނަ ވަގުތު އާއިލާއާއިއެކު ވަގުތު ހޭދަކުރަން ލިބުމުން އެމީހުންގެ އާއިލާތަކުން ވެސް ދަނީ ހިތްހަމަޖެހުން ފާޅު ކުރަމުންނެވެ.