Last Updated: March 29, 11:09
Friday, March 29, 2024
ސިއްހަތު

ރޯދަ ރަހަ: އަލަނާސި ރިހަ

* ބޭނުންވާ ތަކެތި:

 

1 ތާޒާ އަލަނާސިއެއް (ބޭރު މަށައި ރިހަޔަށް ތަރުކާރީ ކޮށާ ވަރަށްްކޮށާފައި)
3 ފިޔާ (ކުދިކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ގިތެޔޮ
1 ސައިސަމުސާ އަޖިނަމޮޓޯ
1 ސައި ސަމުސާ މަސްޓަރޑް ސީޑްސް
3/1 ޖޯޑު ޗިލީ އެންޑް ގާރިލިކް ސޯސް
2/1 ޖޯޑު ޓޮމާޓޯ ޕޭސްޓް
1 ސައި ސަމުސާ ރާޅުކޮށް ތަޅާފައި ހުރި ހިކިމިރުސް
1 ސައި ސަމުސާ އިނގުރު (ޗިސްކޮށްފައި)
1 ސައި ސަމުސާ ލޮނުމެދު ( ޗިސްކޮށްފައި)
2/1 ސައި ސަމުސާ މުގުރި ފޮނި ތޮށި ކާފޫރު ތޮޅި
1 ސައި ސަމުސާ މުގުރި ދިރި
2/1 ސައި ސަމުސާ މުގުރި އަސޭމިރުސް
1 ޖޯޑު ކާށި ބޯކިރުު
ލޮނުކޮޅެއް
ތެޔޮ ފޮދެއް

* ތައްޔާރު ކުރާނެ ގޮތް:

 

ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލުމަށް ފަހު ގިތެޔޮކޮޅު އަޅާލާފައި ގިތެޔޮކޮޅު ދިޔާވީމާ ފިޔާކޮޅާއި ހިކަނދިފަތް އަޅާލާފައި ފިޔާކޮޅު މޯޅި ވީމާ އަލަނާސިކޮޅު އަޅާފައި ކުޑަކޮށް ހަނާކޮށްލާށެވެ.
ދެން ބާކީ ހުރި ހުރިހާ ބާވަތް ތައް ފަހަރަކު ބާވަތެއް އެއްކޮށްފައި ރޯފިލަން ދެން މަޑު ގިނީގައި ކައްކާށެވެ. މިރިހަ ހުންނާނީ ހިކިކޮންނެވެ. ރޮށްޓާއި ބަތާ އެކު ވެސް ކާލަން މީރު ވާނެ އެވެ.