Last Updated: April 18, 22:36
Thursday, April 18, 2024
ކުޅިވަރު

ޢުމަރު އަކުމަލް 3 އަހަރު ވަންދެން ކުރިކެޓު ކުޅުން މަނާ

ޕާކިސްތާނުގެ ގައުމީ ކުރިކެޓު ޓީމުގެ ވިކެޓު ކީޕަރ އަދި މިޑްލް އޯޑަރ ބެޓްސްމަން ޢުމަރު އަކުމަލަށް ބައިނަލްއަގުވާމީ އަދި ގައުމީ ކުރިކެޓުގެ އިތުރަށް ހުރިހާބާވަތެއްގެ ކުރިޓު ވެސް ތިން އަހަރު ވާނދެން ނުކުޅެވޭގޮތަށް ހަމަޖައްސައިފިއެވެ.

ތަޖުރިބާކާރު ވިކެޓު ކީޕަރ އަދި ބެޓްސްމަންގެ މައްޗަށް އުފުލިފައިވާ މެޗު ފިކްސިންގެ ތަފާތު ދެ މައްސަލަ ބަލައި ނިޔާއިއްވީ ނެޝަނަލް ކުރިކެޓު އެކެޑެމީގެ ޑިސިޕްލިނަރީ ޕެނަލްގެ ޗެއާރމަން ޖަސްޓިސް (ރ) ފަޟުލް މީރާން ޗޯހާންއެވެ.

ޖަސްޓިސް(ރ) ފަޟްލު ނިޔާއިއްވީ މައްސަލައާ ގުޅޭ ކުރު ޚުލާޞާ ބަޔާނެއް އިއްވުމަށްފަހުގައެވެ.
ނިޔާގައިވާ ގޮތުން ކުރިއަށް އޮތް ތިން އަހަރުދުވަހުގެ ތެރޭގައި ޢުމަރު އަކްމަލްއަށް އެއްވެސް ބާވަތެއްގެ ކުރިކެޓް މުބާރާތެއްގައި ނުކުޅެވޭނެއެވެ.

ޢުމަރު އަކްމަލްއަކީ ޕާކިސްތާން ސްޕަރ ލީގްގައި ކުޅޭ ކޯއިޓާ ގްލެޑިއޭޓަރސްގެ މުހިއްމު ހިއްސާދާރެކެވެ. އޭނާއަށް އިއްވި ހުކުމުގެ ސަބަބުން ސްޕަރ ލީގްގެ މެޗުތައް ކުޅޭއިރު އޭނާއަށް ސްޓޭޖުގައި ވެސް ނީނދެވޭނެއެވެ.

ޕާކިސްތާންގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި މިހާރު ކުރިކެޓް ކޮމެންޓޭޓަރ ރަމީޒު ރާޖާ ބުނި ގޮތުގައި ޢުމަރު އަކުމަލް ވެސް މޮޔައިންގެ ލިސްޓުގައި ހިމެނިއްޖެއެވެ.

"މިފަދަމީހުން (މެޗު ފިކްސިންގައި ބައިވެރިވާ މީހުން) ތިބެންޖެހެނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި." ރަމީޒު ރާޖާ ބުންޏެވެ.

ގިނަ ބަޔަކު ހީކޮށްގެން ތިބީ ޢުމަރު އަކްމަލް ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުބް މުޅި އުމުރަށް ކުރިކެޓު ކުޅުން މަނާކުރާފަދަ ނިޔާއެއް އޭނާގެ މައްޗަށް އަންނާނޭކަމަށެވެ.