Last Updated: January 16, 22:08
Saturday, January 16, 2021
މުނިފޫހިފިލުވުން

ބޮލީވުޑްގެ ތަރި އިރުފާން ޚާން މަރުވެއްޖެ

ސްލަމްޑޯގް މިލިއެނަރ އަދި ޖުރޭސިކް ވަރލްޑް ފަދަ ފިލްމު ތަކުން މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ބޮލީވުޑް ތަރި އިރުފާން ޚާން މަރުވެއްޖެއެވެ.

އޭނާގެ ޕީއާރު ކުންފުނިން ބުނި ގޮތުގައި އޭނާ މަރުވީ ކޮލޮން އިންފެކްޝަނެއްގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ.

2018 ވަނަ އަހަރު އިރުފާން ވަނީ އޭނާގައިން އެންޑޮކްރައިން ޓިއުމަރެއް ފެނިފައިވާ ކަން އިއުލާންކޮށް، ފަހުން ލަންޑަނުގައި އެކަމަށް ފަރުވާ ހޯދާފައެވެ.

އެކަން ހާމަ ކުރުމަށް ފަހު އިރުފާން ވަނީ، އޭނާގެ ބޭސްފަރުވާ ގެ ކަންކަން ފެށުމުން އޭނާ އަށް އިހުސާސް ކުރެވޭ ވޭނާއި، ނޭނގުމާއި ބެހޭ ގޮތުން ހުޅުވާލެވިފައިވާ ސިޓީއެއް ލިޔެފައެވެ.

އޭނާގެ މަރާއެކު ބޮލީވުޑްގެ ތަރިންނާއި އޭނާގެ ސަޕޯޓަރުން ދަނީ އޭނާގެ އާއިލާ އަށާއި މީސް މީޑިއާގައި ތައުޒިޔާކިޔައި، ހިތާމަ ފާޅު ކުރަމުންނެވެ.

އިރުފާން މަރުވެފައިވަނީ އޭނާގެ މަންމަ، އުމުރުން 95 އަހަރުގައި މަރުވިތާ 4 ދުވަސް ފަހުންނެވެ. އިރުފާން މަރުވީ އުމުރުން 53 އަހަރުގައެވެ.