Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

ޕޮޒިޓިވްވި ނުވާ ކުއްޖަކު ކަރަންޓީނަށް ގެންދެވުމުން މައާފަށް އެދިއްޖެ

އުތުރުގެ ރަށެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުއްޖާގެ ބަދަލުގައި އެހެން ކުއްޖަކު ކަރަންޓީނަށް ގެންދެވުމުން އެޗްޕީއޭ އިން މައާފަށް އެދިއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޕޮޒިޓިވްވީ ކުއްޖާ އާއި އަނެއް ކުއްޖާ އެއީ އާއިލީ ގުޅުން އޮތް ދެ ކުދިން ކަމަށާއި އޮޅުން އެރީ އެ ދެ ކުދިންގެ ނަން އެއްގޮތް ވުމުން ކަމަށެވެ.

"އެ ދެ ކުދިންގެ ނަމުގެ ތަފާތަކަށް ހުރީ އެއް އަކުރު. ގެންދެވިފައި ވަނީ ޕޮޒިޓިވްވި މީހަކާއި އޭނާގެ ދަރިފުޅު، އެހެން ނަމަވެސް ދަރިފުޅު ނެގެޓިވް. އެކަމަކު އެއީ ކްލޯސް ކޮންޓެކްޓެއް. އެހެންވެ އެ ކުއްޖާ އަކީ އަދިވެސް ޓެސްޓު ކުރަންޖެހޭ ކުއްޖެއް. ޕޮޒިޓިވްވި ކުއްޖާ ހުރީ ރަށުގައި ބެހެއްޓިފައި. އެ ކުއްޖާ ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުން" މަބްރޫކް ވިދާޅުވިއެވެ.

މިކަމަށް މައާފަށް އެދޭ ކަމަށާއި އެޗްޕީއޭގެ ފަރާތުން އެ ކުއްޖާގެ އާއިލާ އާއި ވެސް ވާހަކަ ދައްކާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.