Last Updated: May 19, 14:39
Sunday, May 19, 2024
ޚަބަރު

ޖާބިރުގެ ގެސްޓް ހައުސްއެއް ކަރަންޓީނު ފެސިލިޓީއަކަށް

އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ އއ.މަތިވެރި ކާޒާމިޔާ ގެސްޓް ހައުސް ކަރަންޓީނު ފެސިލިޓީއަކަށް ދޫކޮށްފިއެވެ.

ޑީއާރްޕީން މިރޭ ބުނީ މަތިވެރި ގައި ހުންނަ މި ގެސްޓް ހައުސް ކަރަންޓީނު ފެސިލިޓީއަކަށް ދޫކުރީ އެ ރަށު ކައުންސިލުގެ އެދުމުގެ މަތިން ކަމަށެވެ. އަދި މަތިވެރީގެ ރައްޔިތުންނަށް ޖެހޭ ކޮންމެ ދަތިކަމެއްގައި އެހީވާން ތައްޔާރު ކަމަށްވެސް ޖާބިރުއާ ހަވާލާދީ ޑީއާރްޕީން ބުނެފައިވެއެވެ.

މަތިވެރި ކައުންސިލުން ޖާބިރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާތީ އެކިއެކި ބޭނުންތަކުގައި މާލެ ގޮސް އެނބުރި ރަށަށް ނާދެވިފައި 30 މީހުން ލިސްޓު ކުރެވިފައިވާ ކަމަށެވެ.

އެގޮތުން މި މީހުން ގެނެވެން އޮތީ އެޗްޕީއޭގެ މިންގަނޑަށް ފެތޭ ކަރަންޓީނު ފެސިލިޓީއެއް ހަމަޖެހުމުން ކަމަށާއި އެހެންކަމުން ކާޒާމިޔާ ގެސްޓް ހައުސްގެ 14 ކޮޓަރި މިކަމަށް ހަމަޖައްސައިދިނުމަށް އެ ކައުންސިލުން ވަނީ ޖާބިރަށް ފޮނުއްވި ސިޓީގައި އެދިފައެވެ.

މާލެ އިން ރަށްރަށަށް ދާ މީހުން 14 ދުވަހަށް ކަރަންޓީނު ކުރަންޖެހޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި ކަރަންޓީނުގައި ތިބޭއިރު ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ޓެސްޓު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.