Last Updated: April 26, 11:19
Friday, April 26, 2024
މުނިފޫހިފިލުވުން

ފަރްހާން އިންޑިއާގެ ހޮސްޕިޓަލްތަކަށް 1000 ޕީޕީއީ ކިޓް ހަދިޔާ ކޮށްފި

އިންޑިއާގެ މަޝްހޫރު އެކްޓަރު، ޑައިރެކްޓަރު، އަދި ލަވަކިޔުންތެރިޔާ ފަރްހާން އަޚްތަރް އިންޑިއާގެ ސަރުކާރު ހޮސްޕިޓަލްތަކަށް 1000 ޕީޕީއީ ކިޓް ހަދިޔާ ކޮށްފިއެވެ.

ކޮވިޑް 19 ގެ ސަބަބުން މުޅި ބޮލީވުޑް ހުއްޓުމަކަށް އަިއސްފައިވާ މި ދަނޑިވަޅުގައި އެކްޓަރުންގެ ފަރާތުން ސިއްޚީ ދާއިރާއަށް އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ގިނަގުނަ އެހީތައް ވަމުންދާ މަންޒަރު ވަނީ ފެންނަން ފަށާފައެވެ.

ފަރްހާން މި ކިޓްތައް ހަދިޔާ ކޮށްފައިވަނީ ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުންނެވެ. 46 އަހަރުގެ ފަރްހާން ވަނީ މިވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް، އަދިވެސް އިތުރު މިފަދަ އެހީތެރިކަން އެ ފަރާތްތަކަށް ދޭންޖެހޭ ކަމަށް ބުނެފައެވެ. ޓްވިޓާގައި ފަރްހާން ވަނީ ކޮންމެ ޕީޕީއީ އަކީ 650 ރުޕީސްގެ އެއްޗެއް ކަމަށް ވެސް ބުނެފައެވެ.

ފަރްހާންގެ އިތުރުން ދާދީ ފަހުން އެކްޓަރު ވިވެކް އޮބެރޯއީ ވެސް ވަނީ ދުވަހު މުސާރައަށް މަސައްކަތް ކުރާ 5000 އާއިލާއަށް ފައިސާގެ އެހީ ދީފައެވެ. އެފައިސާތައް ވަނީ ސީދާ އެ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައި ކަމަށް ވެސް އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ބުނެފައެވެ.