Last Updated: April 24, 21:50
Wednesday, April 24, 2024
ދުނިޔެ

ލޮކްޑައުން އުވާލުމުން ވޫހާންއިން ވައިރަސް ކްލަސްޓާއެއް ފެނިއްޖެ

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ސިޓީކަމަށްވާ ވޫހާން އަދި ޗައިނާގެ ޖިލިންގެ ހުޅަނގު-ދެކުނު ޕްރޮވިންސްއިން އާ ކޮރޯނާ ވައިރަސް ކްލަސްޓަރތަކެއް ފެނިފައިވާކަމަށް ވަނީ ރިޕޯޓުތައް ބުނެފިއެވެ.

ޗައިނާގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ކްލަސްޓަރ ފެނިފައިވަނީ އެއްތަނެއްގައި ދިރިއުޅެންމުން ދިޔަ މީހުންގެ ތެރެއިންނެވެ. ވޭތުވެދިޔަ ދެތިން ހަފްތާގެ ތެރޭގައި ޗައިނާއިން ވަނީ ކޭސްތައް މަދުވުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް ލުއިކުރަން ފަށާފައެވެ.

ސިއްހީ ޖަމިއްޔާތަކާއި ތަޖުރިބާކާރުން ވަނީ ލޮކްޑައުން ނެގުމަށްފަހު މީހުން އެއްތަނުން އަނެއް ތަނަށް ދަތުރުތައް ކުރަން ފެށުމުން ބަލިފެތުރޭގޮތް އަވަސް ވެދާނެކަމުގެ ބިރު އޮތްކަން ހާމަ ކޮށްފައެވެ.

މިއީ 8 އޭޕްރިލްގައި ހަރުކަށި ލޮކްޑައުން ނެގިފަހުން ވޫހާންއިން ފެނިފައިވާ ފުރަތަމަ ކްލަސްޓަރއެވެ. އަދި އަލަށް ފެނިފައިވާ ހުރިހާ ކޭސްތަކަކީ އެއްވެސް އަލާމާތެއް ނުފެނި ޕޮޒިޓިވް ވެފައިވާ ކޭސްތަކެވެ.

ނިމިގެން ދިޔަ ހަފްތާގައި ރަޝިޔާ އަދި ނޯތު ކޮރެއާގެ ބޯޑަރު ކައިރީގައިވާ ޖިލިން ޕްރޮވިންސްގެ ޝޫލާން ސިޓީއިން ވަނީ 11 އާކޭހެއް ރިޕޯޓު ކޮށްފައެވެ. ޗައިނާގައި މިހާތަނަށް 82،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. އަދި 4600 އަށް ވުރެ ދިނަ މީހުން މިބަލީގައި ދުނިޔެ ދޫކޮށްފައި ވެއެވެ.