Last Updated: April 19, 19:29
Friday, April 19, 2024
ވިޔަފާރި

ތާޒާ ފެން ކޭސް އުރީދޫ މޫލީ މެދުވެރިކޮށް މިހާރު ލިބޭނެ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީ ވުމުގެ ގޮތުންނާއި، ކަސްޓަމަރުން ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ވިޔަފާރިކުރުމުގެ ފުރުސަތު ފުޅާކޮށްދިނުމުގެ ގޮތުން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކާ ގުޅިގެން އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް "މޫލީ" މެދުވެރިކޮށް މާލެ އަދި ހުޅުމާލޭގެ އެޑްރެސްތަކަށް ޑެލިވެރީގެ ޙިދުމަތާއެކު ފޯރުކޮށްދޭން ފަށައިފިއެވެ.

މި ޕްލެޓްފޯމްގެ ހާއްސަ ކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއިއެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއަރހައުސް ޚިދުމަތާއި ޑެލިވަރީ ޚިދުމަތް ލިބުމެވެ. މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވަޔަފާރިތަކުގެ ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ފަހިވެފައެވެ.
ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީ އިންވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

ކުދި ވިޔަފާރިތަކަށް މި ހާލަތުގައި ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދީ، މާލެ އާއި ހުޅުމާލޭގައި ވިޔަފާރި ހިންގުމަށާއި ކަސްޓަމަރުންނަށް މުއާމަލާތްކުރުމަށް އެހީތެރިވުމުގެގޮތުން، މޫލީއިން ވަނީ ޕްލެޓްފޯމް ފީ ނެގުން ހުއްޓާލާފައެވެ. މޫލީ މެދުވެރިކޮށް މިހާރު އެންމެ 24 ގަޑިއިރުގެ ތެރޭގައި ވިޔަފާރިތައް އޮންލައިންކޮށް ހިންގަން ފެށޭނެއެވެ.

މޫލީ އާއި އަލަށް ގުޅިފައިވާ ފަރާތްތަކުގެ ތެރޭގައި:

– ހޮރައިޒަން ފިޝަރީޒްގެ މަނަދޫ މަސްދަޅު ކޭސް – ޓޫނާ މަސްދަޅު ޗަންކްސް އިން އޮއިލް/ބްރައިން
– ސަޕްލައި އެމްވީ ބީ2ބީ ޕްލެޓްފޯމް މެދުވެރިކޮށް އެންޒީ ޓޫނާ އިން އޮއިލް/ބްރައިން ކޭސް، އެންޒީ ގިތެޔޮ މިރުސް ސޯސް އަދި އެންޒީ ރިހާކުރު ފުޅި
– ތާޒާ ފެންފުޅި – 330މލ، 500މލ، 1500މލ އަދި 5ލ ފެން ފުޅީގެ ކޭސް (ކޮންމެ އޯޑަރަކަށް 5 ކޭސް)
– ކޮންފޫޑްގެ އެޑިންބޮރޯ ސޯސް، ޖޫސް، ޖޭމް އަދި މިޔޯޖޯ ކަޕް ނޫޑްލްސް

މޫލީ އަކީ އޮންލައިން ޕޭމަންޓް، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ، އީޒީ ރިޓަރންސް އަދި ފެންވަރު ރަނގަޅު އުފެއްދުންތަކާއި އެކު، ކަސްޓަމަރުންނަށް ޔަގީންކަމާއިއެކު ވިޔަފާރިކުރުމުގެ ފަސޭހަކަން ފަހިކޮށްދޭ ޑިޖިޓަލް ޝޮޕިންގ ޕްލެޓްފޯމްއެކެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް، މުޅިން ތަފާތު އީ-ކޮމަރސް ބާޒާރެއްގެ ގޮތުގައި 2019ގެ އޯގަސްޓްމަހު ތައާރަފްކުރެވުނު މޫލީ މެދުވެރިކޮށް، މިހާރުވެސް 10000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށްވަނީ ފޯރުކޮށްދެވިފައެވެ.