Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

ސިމްޑީން އައްޑޫގައި ޑެލިވަރީގެ ޚިދުމަތް ފަށައިފި

ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހޯލްސޭލް ވިޔަފާރި ކުރާ ސިމްޑީ ކޮމްޕެނީން އައްޑޫގައި ވެސް ހިލޭ ޑެލިވެރީ ކުރުމުގެ ޚިދުމަތް ފަށައިފިއެވެ.

ކޯވިޑް 19 އާ ގުޅިގެން ރާއްޖެ ލޮކްޑައުންކުރުމާ ގުޅިގެން ގޭގެއަށް ތަކެތި ގެންގޮސްދޭން ސިމްޑީން ނިންމާފައިވާއިރު އައްޑޫގައި އޯޑަރުތައް ބަލައިގަންނާނީ 200ރ. އިން މަތީގެ އޯޑަރުތަކަށެވެ.

ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ރޭގަނޑު 11:00 އަށް އޯޑަރުތައް ނަގަން ހަމަޖެހިފައިވާއިރު މެންދުރު ކުރިން ލިބޭ އޯޑަރުތައް އެދުވަހަކު ޑެލިވަރީ ކުރުމަކީ އަމާޒެއް ކަމަށް ސިމްޑީން ބުނެފައިވެއެވެ.

އާންމުކޮށް ޑެލިވަރީ ފެށި ނަމަވެސް ހޯލްސޭލް ޑެލިވަރީތައް ވެސް ކުރިއެކޭ އެއް ގޮތަށް ކުރިއަށް ދާނެ ކަމަށް ސިމްޑީން ބުނެފައިވެއެވެ.

ސިމްޑީއިން އެތެރެކޮށް ވިއްކާ މަޝްހޫރު ބައެއް ބްރޭންޑުތަކުގެ ތެރޭގައި ކެނޯން، އިލީ، މޯނިން، އިލެކްޓްރޮލަކްސް، ޑިލްމާ، ޑުންނާރު އަދި ހޮލްސްޓަން ފަދަ މަޝްހޫރު ބްރޭންޑުތައް ހިމެނެއެވެ.

އޯޑަރުތައް ދިނުމަށް 7338472 ނަމްބަރަށް ވައިބާ އިން މެސެޖެއް ކޮށްލުމުން ނުވަތަ 7942427 އަށް ގުޅައިގެން އޯޑަރު ދެވޭނެއެވެ. ސިމްޑީ އިން ވިއްކާ ތަކެތީގެ ލިސްޓު ސިމްޑީގެ ވެބްސައިޓު އަދި ފޭސްބުކް އިން ފެންނާނެއެވެ.