Last Updated: March 28, 21:55
Thursday, March 28, 2024
ވިޔަފާރި

8 މުވައްޒިފަކު ކޮވިޑަށް ޕޮޒިޓިވުމުން ވީބީގެ ހުރިހާ ފިހާރައެއް ބަންދު

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ވީބީ މާޓުގެ 8 މުވައްޒަފަކު ހިމެނުމާއި ގުޅިގެން އެކުންފުނިން ހިންގާ ހުރިހާ ފިހާރަތަކެއް ބަންދުކޮށްފިއެވެ.

ވީބީން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ވީބީ ބާޒާރު ފިހާރާގައި މަސައްކަތް ކުރާ ބިދޭސީ އަކާއި، ގަލޮޅު ފިހާރާގައި މަސައްކަތް ކުރާ ތިން ބިދޭސީ އަކާއި އަދި މާފަންނު ފިހާރާގައި މަސައްކަތް ކުރާ 4 މުވައްޒިފެކެވެ. މި 8 މުވައްޒަފުން ޕޮޒިޓިވްވުމާއި ގުޅިގެން ވީބީގެ ހުރިހާ ފިހާރަތަކެއް މިހާރުވަނީ 14 ދުވަހަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ވީބީއިން ބުނީ މުވައްޒަފުންތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން މިހާތަނަށް ފިހާރައަށް ލިބިފައިވާ އޯޑަރުތައް ދެން ޑެލިވަރީ ކުރެވޭނީ ހުރިހާ ފިހާރަތައް ޑިސްއިންފެކްޓު ކުރުމަށްފަހު މޮނިޓަރިންގެ ހާލަތު ނިމުން ކަމަށެވެ.

ވީބީން ވަނީ މިވަގުތު ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.

މާލެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ޑެލިވަރީގެ ހިދްމަތް އެންމެފުޅާ ދާއިރާގައި ދެމުން ގެންދިޔަ އެއް ކުންފުންޏަކީ ވީބީއެވެ. އެކުންފުނީގެ މުވައްޒަފުންތަކެއް ބައްޔަށް ޕޮޒިޓިވްވިއިރުވެސް އެކުންފުނިން އައީ ރައްކާތެރިވުމުގެ ގޮތުން ދޭތެރެ ދޭތެރެއިން ޑިސްއިންފެކްޓު ކުރަމުންނެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރި ކުރާ ގިނަ ކުންފުނިތަކުގެ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ބާޒާރުގައި މުދާ ލިބުމުގައި ދަތިތަކާއި ދަނީ ކުރިމަތިވަމުންނެވެ.