Last Updated: July 1, 23:03
Wednesday, July 2, 2025
ވިޔަފާރި

އެސްޓީއޯއިން ފިޔާ އަދި ބިހުގެ އަގުތައް ހެޔޮކޮށްފި

ފިޔާ ބަސްތާތަކެއް - ފޮޓޯ: އަވަސް

އެސްޓީއޯ އިން ފިޔާ އަދި ބިހުގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯ އިން ވަނީ ފިޔާ ބަސްތާއެއްގެ އަގު 175 ރުފިޔާއަށް ތިރިކޮށްފަ އެވެ. ބިސް ކޭހެއްގެ އަގުވަނީ 240 ރުފިޔާއަށް ތިރިކޮށްފަ އެވެ. ކުރިން އެސްޓީއޯ އިން ފިޔާ ބަސްތާއެއް ވިއްކީ 255 ރުފިޔާ އަށެވެ. އަދި ބިސް ކޭހެއް ވިއްކަމުން އައީ 260 ރުފިޔާއަށެވެ.

އެސްޓީއޯ އިން ބުނީ ފިޔާ ބިސް އަދި އަލުވި އެސްޓީއޯ ސުޕަމާޓުން ރީޓެއިލްކޮށް ލިބޭނެ ކަމަށާއި އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެސްޓީއޯގެ ގުދަނުން ހޯލްސޭލުކޮށް މި ތަކެތި ލިބޭނެ ކަމަށެވެ.

އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 11:00ން 15:00ށް ތަކެތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން މީގެކުރިން ވެސް ވަނީ ފިޔާ، ބިސް އަދި އަލުވީގެ އަގު ހެޔޮކޮށްފިއެވެ.