Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ހިތަދޫގައި ޒުވާނަކަށް ކަތިވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި

ހިތަދޫ ބޮޑު މަގު، ފޮޓޯ: ރިޗީ

ސ. ހިތަދޫގައި ޒުވާނަކަށް ކަތިވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާނާއަށް ކަތިވަޅިން ހަމަލާދީފައިވަނީ ރޭ ފަތިހު 3:15 ހާއިރު ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައެވެ.

މި ހާދިސާގައި އަނިޔާ ލިބުނު ޒުވާނާގެ މޫނާއި އަތަށް ފުން ޒަހަމްތަކެއް ލިބިފައިވާ އިރު އޭނާއަށް އަންނަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފަރުވާ ދެމުންނެވެ.

މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން އާއްމުކޮށްފައި ނުވެއެވެ.