Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ހާލަތުން އަރައިގަނެވޭނީ އެންމެން އެއް ރޫހެއްގައި މަސައްކަތް ކޮށްގެން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

ކޮވިޑް19 ގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަނެވޭނީ އެންމެން އެއް ރޫހެއްގައި މަސައްކަތް ކޮށްގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް19 ގެ ހާލަތުން އަވަހަށް އަރައިގަނެވޭނީ ހުރިހާ ރައްޔިތުންވެސް ކެތްތެރިކަން އިސްކޮށްގެން ކަމަށެވެ. އަދި އެއް ރޫހެއްގައި އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެތައް މިލިއަން ރުފިޔާއެއް ސަރުކާރުން އަންނަނީ މިކަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް ހަރަދު ކުރަމުންނެވެ. އެގޮތުން މިހާތަނަށް 873 މިލިއަން ރުފިޔާ ކޮވިޑް19 އާއި ދެކޮޅަށް ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ.

ސަރުކާރުން ބުނަނީ މިކަމުގައި ކަމާބެހޭ އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކަށް އެއްބާރުލުން ދެމުން ގެންދާ ނަމަ ދިވެހިންނަށް ވަރަށް އަވަހަށް މިކަމުން އަރައިގެނެވޭނެ ކަމަށެވެ. އަދި މިހާރުވެސް ކުރިން އުއްމީދު ކުރިވަރުގެ ސާޖެއް އައިސްފައި ނުވާތީ އެކަން އެހެން ކުރިމަތިވީވެސް ރައްޔިތުން ދެއްކި ކެތްތެރިކަމާއި ދެއްވި އެއްބާރުލުމުގެ ސަބަބުން ކަމަށް ސަރުކާރުގެ އިސްވެރިން އަންނަނީ ވިދާޅުވަމުންނެވެ.