Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ރާއްޖެ ހުޅުވާލުން: ޓޫރިސްޓުންނަށް ރާއްޖެ އާދެވޭނީ މަދުވެގެން 14 ދުވަހަށް!

ކޮވިޑް-19 އަށް ފަހު ރާއްޖެ ފަތުރުވެރިންނަށް ހުޅުވާލާނީ މަދުވެގެން 14 ދުވަހުގެ ޗުއްޓީ ބުކިންއެއް ހެދުމުން ކަމަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި އާ ޓޫރިޒަމް އުސޫލުގައި ހިމަނައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ މި އުސޫލުގެ ޑްރާފްޓުގައިވާ ގޮތުން ރާއްޖެ ފަތުރުވެރިންނަށް އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުޅުވާލުމަށް ވަނީ ހިމަނާފައެވެ.

ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލުމަށް ހާއްސަ ޓައިމްލައިނެއް ހަދާފައިވާ އިރު ޖޫން 1 ވަނަ ދުވަހުން ފެށިގެން ސުޕަ ޔޮޓުތަކާއި ޖެޓުތަކުން އަންނަ ޓޫރިސްޓުންނަށެވެ. އަދި ޖުލައި 1 ވަނަ ދުވަހުން ފެށިގެން ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނެއެވެ. އަދި އޮގަސްޓޫ 1 ވަނަ ދުވަހުން ފެށިގެން ގެސްޓު ހައުސް ތަކަށް ޓޫރިސްޓުންނަށް އާދެވޭނެއެވެ. މިގޮތުން ރާއްޖެ އަންނަން ބޭނުންވާ ހުރިހާ ޓޫރިސްޓުން މަދުވެގެން 14 ދުވަހުގެ ޗުއްޓީ ބުކިންއެއް ހަދަންޖެހެއެވެ.

ޓޫރިޒަމް އާ އުސޫލުގައިވާ ގޮތުން ރާއްޖެއަންނަ ކޮންމެ ފަތުރުވެރިއްްގެ އަތުން ކޮވިޑް-19 ޓެސްޓު ކުރުމަށް 100 ޑޮލަރުގެ ވިސާ ފީއެއް ނަގާނެއެވެ. އަދި ޓޫރިސްޓު މީހާއަށް ރިސޯޓުގެ ރޫމުން ނިކުމެވޭނީ ޓެސްޓުގެ ނަތީޖާ ލިބި އެނަތީޖާ ނެގެޓިވް ނަމަވެއެވެ.

މި އާއުސޫލާއި ގުޅޭގޮތުން އަދި ސަރުކާރުން ވަކި އެއްޗެއް ބުނެފައިނުވެއެވެ.