Last Updated: August 15, 16:19
Saturday, August 15, 2020
ޚަބަރު

ޕޮޒިޓިވްވި ބަންގުލަދޭޝްގެ މީހުންގެ 609 އަށް

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު 609 އަށް އަރައިފިއެވެ.

މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ މީހުންނެވެ.

ބަންގުލަދޭޝްގެ ގިނަ ބަޔަކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އިރު އަދިވެސް މިއަދަދު މަތިވަމުންދާނެ ކަމަށް މީގެ ކުރިން އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި އުޅޭ ބަންގުލަދޭޝްގެ މީހުންގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތޮއްޖެހިގެން ދިރިއުޅެމުންދާ ބިދޭސީން ގުޅީފަޅަށް އަދި ބައެއް ކަރަންޓީނު ފެސިލިޓީތަކަށް އަންނަނީ ބަދަލު ކުރަމުންނެވެ.