Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޔާމީން ޖަލުގައި ހުންނެވުމަކީ ގައުމު ލަދުގަނަންޖެހޭ ކަމެއް: ޖަމީލު

ޔާމީން އާއި ޖަމީލް - ފޮޓޯ: ޕީއެންސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވި ގައުމު ލަދުގަންނަންޖެހޭ ކަމެއް ކަމަށް، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވެފައިވަނީ ޔާމީންގެ އުފަންދުވަހުގެ މުނާސަބަތުގައި މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޖަމީލު ވިދާޅުވީ ޔާމީން ޖަލަށްލެއްވުމަކީ ނިޒާމުތައް އިސްލާހުކުރުމުގެ ނަމުގައި ވެރިކަމަށް އައި އެމްޑީޕީން ޝަރުއީ ނިޒާމު ހިސޯރުކޮށް ހިންގި ބަދަލު ހިފުމުގެ އަމަލެއް ކަމަށެވެ.

"ޔާމީނަށް އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރަނީ ލަސްނވެ ރައްޔިތުންނާ ބައްދަލުވާނެ ކަމުގެ ޔަގީން ކަމާއެކު" ޖަމީލު ވިދާޅުވިއެވެ.

ޖަމީލް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކާއެކު ގުޅިގެން މަސައްކަތް ކުރެއްވި ފަރާތެކެވެ. ނަމަވެސް ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު ޖަމީލު ވަނީ ސަރުކާރަށް ފާޑު ވިދާޅުވާން ފައްޓަވާފައެވެ.

އަދި މިހާރު ޖަމީލް އަކީ ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނެވި ފަރާތް ވެސް މެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.