Last Updated: April 19, 21:20
Friday, April 19, 2024
ޚަބަރު

ރާއްޖޭއިން އާ ވައްތަރެއްގެ މޫދު ވިނަ އެއް ފެނިއްޖެ

Photo: The Maldives Resilient Reefs Project

ރާއްޖެއިން މީގެ ކުރިން ނުފެންނަ ވައްތަރެއްގެ މޫދު ވިނައެއް ފެނިއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ދަ މަލްޑިވްސް ރެސިލިއެންޓް ރީފްސް ޕްރޮޖެކްޓުންނެވެ.

އެ ޕްރޮޖެކްޓުން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި މި މޫދު ވިނަ ފެނިފައިވަނީ އައްޑޫ ސިޓީގެ ނޭޗަރ ޕާކު ސަރަހައްދުގެ މޫދުންނެވެ. އަދި މާހިރުން ވަނީ މި ވިނަ އަކީ ޝެއަމޮޑޯސިއާ ސެރަލަޓަ ކަން ކަށަވަރު ކޮށްދީފައެވެ.

މިއާއެކު ރާއްޖެއިން ފެންނަ މޫދު ވިނައިގެ ބާވަތްތަކުގެ އަދަދު މިވަނީ 7 އަށް އަރާފައެވެ. އަދި އެޕްރޮޖެކްޓުން ހާމަ ކުރާ ގޮތުގައި ރާއްޖޭގައި މިއަަށްވުރެ ގިނަ ބާވަތްތަކުގެ މޫދު ވިނަ ހުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

ދަ މަލްޑިވްސް ރެސިލިއެންޓް ރީޕްސް ޕްރޮޖެޓަކީ މޫދު ރާއްޖޭގެ ފަރުތަކާއި މޫދު ވިނައިގެ މުހިންމު ކަމާ މެދު ހޭލުންތެރިކޮށް، މި ތަންތަނާއި، މިތަން ތަނުގައި ދިރިއުޅޭ އެންމެހާ ތަކެތީގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެޓު ހިންގަނީ އިނގިރޭސި ވިލާތުގެ ބްލޫ މެރިން ފައުންޑޭޝަނުންނެވެ.